ސިޓީ ކައުންސިލުން ހުއްދަ ދީގެން ހިންގާ ހަޓެއްގައި ބަޔަކު ހިދުމަތް ހޯދަން މަޑުކޮށްލައިގެން. ފޮޓޯ: ވެލާނާ ހަޓް
📷ނިއުސް ޓީމް
ސިޓީ ކައުންސިލުން ހުއްދަ ދީގެން ހިންގާ ހަޓެއްގައި ބަޔަކު ހިދުމަތް ހޯދަން މަޑުކޮށްލައިގެން. ފޮޓޯ: ވެލާނާ ހަޓް
ނިއުސް ޓީމް📷
ފުވައްމުލަކުގެ އިތުރު ފަސް ސަރަހައްދެއްގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރިކުރަން ސިޓީ ކައުންސިލުން ހުއްދަ ދީފި އެވެ.
ސިޓީ ކައުންސިލްގެ އެގްޒެކްޓިވް އަލީ މަސީހު "އަފުން ނިއުސް" އަށް މިއަދު ވިދާޅުވީ ގާޑިޔާ ބަހައްޓައިގެން ވިޔަފާރިކުރަން އިތުރު ތަންތަނަށް ހުއްދަ ދޭން މިއަހަރުގެ ތެރޭގައި ކައުންސިލުން ނިންމި ކަމަށެވެ.
ސިޓީ ކައުންސިލުން ވަނީ އެ ނިންމުމުގެ ދަށުން މިއަހަރު ކުރީކޮޅު ފަސް ސަރަހައްދެއްގައި ގާޑިޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފަ އެވެ. އެ އިއުލާނާ ގުޅިގެން ކުރިމަތިލި ތަންތަނުގެ ތެރެއިން ދެ ތަނެއްގައި މިހާރު އަންނަނީ ގާޑިޔާ ހިންގަމުންނެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ފަސް ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އޭގެ އިތުރުން ސިޓީ ކައުންސިލްގެ ސްކިލްސް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކައުންސިލުން މިދިޔަ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު ވަނީ މިހާރު ގާޑިޔާ ބެހެެއްޓުމަށް ހުއްދަ ދޭން ނިންމި ތަންތަނަށް އިތުރު ކަންކަން ހިމަނަން ނިންމައިފަ އެވެ. މީގެ އިތުރުން ދޫނޑިގަމު އަވަށު ލާލުގެ ފަންނުގަައި ވެސް ގާޑިޔާއެއް ހިންގަން ހުއްދަ ދޭން ވެސް އެ ދުވަހު ނިންމާފައިވެ އެވެ.
އެ ބައްދަލުވުމުގައި ފަންނުތަކުގައި ގާޑިޔާ ބެހެއްޓުމަށް ހުއްދަ ދިނުމުގެ ބަދަލުގައި ފަންނު ތަރައްގީކުރަން ހުއްދަ ދޭގޮތަށް ކުރިން ފާސްކޮށްފައިވާ ނިންމުން އިސްލާހުކުރުމަށް ވެސް ނިންމާފައިވެ އެވެ.
ސިޓީ ކައުންސިލުން ހުއްދަ ދީގެން ހިންގާ ގާޑިޔާތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!