"އަލްވަދާއު" ފިލްމްގެ މަންޒަރެއް. މި ފިލްމު މާދަމާ ރޭ ފުވައްމުލަކަށް ވެސް އަލްވަދާއު ކިޔާނެ.
📷ނިއުސް ޓީމް
"އަލްވަދާއު" ފިލްމްގެ މަންޒަރެއް. މި ފިލްމު މާދަމާ ރޭ ފުވައްމުލަކަށް ވެސް އަލްވަދާއު ކިޔާނެ.
ނިއުސް ޓީމް📷
ގިނަ ބެލުންތެރިން "އަހަރުގެ އެންމެ ބެސްޓް ފިލްމް" ގެ ގޮތުގައި ސިފަކުރަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމެންޓްގެ "އަލްވަދާއު" ފިލްމުގެ ކާމިޔާބު ޝޯތަކެއް ފުވައްމުލަކުގައި ދައްކަން ފަށައިފި އެވެ.
މި މަހުގެ 18 އަދި 19 ވަނަ ދުވަހު ފުވައްމުލަކުގައި ޝޯތައް ބާއްވަން ތާވަލުކޮށް ޓިކެޓް ވިއްކަން ހުޅުވާލުމާއެކު، ދެ ޝޯގެ ޓިކެޓް ހުސްވެ, ގިނަ ފަރާތްތަކުން އެދެމުން ދާތީ، މިހާރު ވަނީ ހޮނިހިރު ދުވަހުގެ ރެއަށް ތިންވަނަ ޝޯއެއް ތާވަލުކޮށްފަ އެވެ.
ޑިސެމްބަރު 1 އިން ފެށިގެން އޮލިމްޕަހާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ފިލްމު ދައްކަމުން އަންއިރު، ބެލުންތެރިންގެ ވަރުގަދަ ތަރުހީބަކާއި ތައުރީފެއް ލިބެމުން އަންނަ މި ފިލްމަކީ މިހާތަނަށް ބަލާލެވުނު އެންމެ ސަޅި ދިވެހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އަސަރުގަދަ ލޯބީގެ ފިލްމު "އަލްވަދާއު"ގައި ލީޑު ރޯލް ކުޅެފައި ވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް އައިޝަތު ލައިޝާ ލަތީފް، މަޒީން، ހާޒިފް ހިމެނެ އެވެ.
މި އަހަރު އޮލިމްޕަސް އަށް އަންނަން ހުރި ފިލްމުތައް "އަލްވަދާއު" އިން ނިމިގެންދާއިރު، ހައިވް އެފްވީއެމް އިން ވަނީ މި އަހަރު ނިކުތް ހުރިހާ ފިލްމުތަކެއް ފުވައްމުލަކުގައި ދައްކައިފަ އެވެ. 2026 ވަނަ އަހަރަށް އޮލިމްޕަސް ހުޅުވާ ބިރުވެރި ފިލްމު "ޕަރީ"ގެ ޝޯތައް ޖެނުއަރީ 10 ވަނަ ދުވަހު ފުވައްމުލަކުގައި ފަށާނެ ކަމަށާއި، އަދި ކުރިއަށް އަންނަން ހުރި އެހެން ފިލްމުތައް ވެސް ހައިވް އެފްވީއެމް ސިނަމާއިން ފުވައްމުލަކަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން އެފަރާތުން ދެ އެވެ.
ފިލްމުތަކުގެ ޓިކެޓް ވިއްކަމުން ދާނީ ހައިވް އެފްވީއެމްގެ ވެބްސައިޓް www.hivefvm.com މެދުވެރިކޮށެވެ. ފިލްމުތައް އަޅުވާ ދުވަސްތަކާއި ޓިކެޓް ގަތުމުގެ އެހީތެރިކަން ހޯދުމަށް 7992067 ނަންބަރަށް ގުޅުމުން ލިބޭނެ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!