ފުވައްމުލަކުގައި މަހަށް ނުކުމެ އުޅުނު ދޯނިން މީހުން ސަލާމަތްކޮށްގެން ރަށަށް ގެންނަނީ.
📷ފުވައްމުލައް ސިޓީ ޕޮލިސް
ފުވައްމުލަކުގައި މަހަށް ނުކުމެ އުޅުނު ދޯނިން މީހުން ސަލާމަތްކޮށްގެން ރަށަށް ގެންނަނީ.
ފުވައްމުލައް ސިޓީ ޕޮލިސް📷
ފުވައްމުލަކުގައި 10 މީހުންނާއެކު މަހަށް ނުކުމެ އުޅުނު ދޯންޏެއް އިންޖީނު ހުއްޓުމުން ސަލާމަތްކޮށްފި އެވެ.
މި ހާދިސާގައި އިންޖީނު ހުއްޓުނީ މި ރަށު ފީރޯޒުގެ އިބްރާހިމް ޝާހު (މާލިމީ ޝާހު) ގެ "ސަވާރީ" އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ މި ރަށުން މަސްބާނަން ނިކުމެ އުޅުނު "ސަވާރީ" ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު މިއަދު ހަވީރު 3:50 އެހާ ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިކަމުގެ މައުލޫމާތު ފުވައްމުލައް ސިޓީ ޕޮލިހަށް ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗުގައި މިރަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި ކުޑަކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި މިހާރު ރަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
މި ދޯނި އިންޖީނު ހުއްޓުނީ ރަށާ ކިތައް މޭލު ބޭރުގައި އޮއްވައި ކަމެއް އަދި އިންޖީނު ހުއްޓުނު ސަބަބެއް ނޭނގެ އެވެ.
މިކަމާ ބެހޭ މައުލޫމާތު ހޯދުމަށް "އަފުން ނިއުސް" އިން ގުޅުމުން ދޯނީގެ ވެރިފަރާތުން ފޯނަށް ޖަވާބެއް ނުދިނެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!