ފޯރިގަދަ ހަރަކާތްތަކާއެކު މިފަހަރު ވެސް މާހިފުން ފުވައްމުލަކު ތުނޑީގައި ބާއްވަން ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފި އެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް މިރަށުގައި "މާހިފުން" ބޮޑު ބީޗް ފެސްޓިވަލެއް ގޮތަށް އަންނަނީ ބާއްވަމުންނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރު ވެސް "މާހިފުން ދުއްވުން" އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާނީ ސިޓީ ކައުންސިލުންނެވެ.
ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ "މާހިފުން ދުއްވުން" މިދިޔަ އަހަރު ވެސް ބޭއްވީ ދެ ދުވަހުގެ މުއްދަތަކަށެވެ. މި ހަރަކާތުގައި މި ރަށުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެ އެވެ.
މި ރަށުގެ ހިތްގައިމު ތުނޑީ ސަރަހައްދުގައި ކޮންމެ އަހަރަކު ވެސް މާހިފުން ދުއްވުން ކުރިޔަށް ގެންދަނީ އެކިއެކި ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ހިމެނޭ ގޮތަށް ބޮޑު ބީޗް ފެސްޓިވަލެއް ގޮތަށެވެ.
މި އަހަރު ބޭއްވި އިވެންޓްގައި ވާދެމުމާއި ބީޗް ވޮލީ އާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ކުރިޔަށް ގެންދިޔަ އެވެ.
ކަލަންޑަރުގައިވާ ގޮތުން ރަމަޟާން މަސް ފެށޭނީ ފެބްރުއަރީ 17 ގަ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!