ފުވައްމުލަކުގައި މިފްކޯއިން ގާއިމުކުރި ފުވައްމުލައް ފިޝް ޕްރޮސެސިން ފެސިލިޓީގައި މަސް ކަނޑަނީ. ފޮޓޯ: މިފްކޯ
📷ނިއުސް ޓީމް
ފުވައްމުލަކުގައި މިފްކޯއިން ގާއިމުކުރި ފުވައްމުލައް ފިޝް ޕްރޮސެސިން ފެސިލިޓީގައި މަސް ކަނޑަނީ. ފޮޓޯ: މިފްކޯ
ނިއުސް ޓީމް📷
ފުވައްމުލަކުގައި މިފްކޯއިން ހެދި "ފުވައްމުލައް ފިޝް ޕްރޮސެސިން ފެސިލިޓީ" މިއަދު ހުޅުވައިފި އެވެ.
މި ފެސިލިޓީ ހުޅުވީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތަލިބު އެވެ.
މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު މުއްތަލިބާއި، މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރާއި ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރު ވެސް ބައިވެރިވި އެވެ.
އޭގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުންނާއި ފުވައްމުލަކު މަސްވެރިން ބައިވެރިވި ކަމަށް މިފްކޯ އިން ބުނެ އެވެ.
މިފްކޯ އިން ބުނީ ފުވައްމުލައް ފިޝް ޕްރޮސެސިން ފެސިލިޓީގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފޯރުކޮށްދިނުމުގެ އިތުރަށް މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ކުރިން މި ރަށުގައި އައިސް ޕްލާންޓަކާއި މަސް މާރުކޭޓެއްގެ ގޮތުގައި ބޭނުންކުރި ތަން މިފްކޯ އިން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!